ދުނިޔެ

ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރު މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ލަތާ މަންގޭޝްކަރު މަރުވީ އުމުރުން 92 އަހަރުގައި މުމްބާއީގައެވެ. މި ހުނަރުވެރި ލަވަކިޔުންތެރިޔާ ވަނީ ގާތްގަނޑަކަށް 80 އަހަރުގެ ދިގު ކެރިއަރުގައި 36 ބަހަކުން އެތައް ހާސް ލަވައަކަށް އަޑު އަޅައިދީފައެވެ.

ލަތާ މަންގޭޝްކަރްއަށް ދައުލަތުގެ ޖަނާޒާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލަތާ ކޮވިޑް-19އަށް ފައްސިވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ލަތާ ވަނީ ކޮވިޑުން ފަސޭހަވެފައެވެ. ނަމަވެސް އޭނާ ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުން ދިޔަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސެޕްޓެމްބަރު 28، 1929 ގައި މަދްޔަ ޕްރަދޭޝް އަށް އުފަންވި ލަތާ މަންގޭޝްކަރް ގެ އާއިލާގައި ވެސް ލަވަ ކިޔާ މީހުން ގިނައެވެ. އޭނާގެ ބައްޕަ ޕަންޑިތު ދީނަތު މަންގޭޝްކަރަކީ މަރަތީ މިއުޒީޝަނެއްގެ އިތުރުން ތިއޭޓަރު އެކްޓަރެކެވެ.

ލަތާ މަންގޭޝްކަރަށް ތިން ގައުމީ އިނާމު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި 1989 ވަނަ އަހަރު ދާދާސާހެބް ފަލްކޭ އެވޯޑް ވެސް ލަތާއަށް ލިބުނެވެ. މީގެ އިތުރުން 2001 ވަނަ އަހަރު އޭނާއަށް ވަނީ "އިންޑިއާ ރަޓްނާ" ގެ ލަގަބު ވެސް ލިބިފައެވެ. އަދި ޕަދްމާ ވިބޫޝަން އާއި ޕަދްމާ ބޫޝަން ގެ ޝަރަފު ވެސް ވަނީ އޭނާއަށް ލިބިފައިވެއެވެ.

Ads by HDC
  1. އަށް ގަރުނޭ!!