ޚަބަރު ބޮލީވުޑް

ގިނަ ބައެއްގެ ހިތްތަކުގައި ލަތާގެ ޖާދުވީ އަޑު ބިންވަޅު ނެގިފައިވާނެ: ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--

ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި އިންޑިއާގެ ލަވަލިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ޖާދުވީ އަޑު ބިންވަޅު ނެގިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުން 92 އަހަރުގައި ލަތާ މަރުވީ ކޮވިޑް-19 ބަލި ޖެހި، ހާލަތު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ލަތާ މަރުވުމުން އިންޑިއާގެ ގިނަ ފަންނާނުންގެ އިތުރުން ވެސް އާންމު ރައްޔިތުން ވެސް ވަނީ މީސްމީޑިއާގައި ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި، އެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވައި، ވިދާޅުވީ ލަތާ ނެތުމަކީ މިއުޒިކް އިންޑަސްޓްރީއަށް ލިބިގެން ދިޔަ ފަޅު ކަމެއް ކަމަށެވެ.

އަދި އެތައް ޖީލެއްގެ ވޭނާއި، ހިތުގެ އަސަރު، ލަތާގެ ރީތި އަޑުން ގެނެސްދީފައިވާކަން ފާހަގަކުރައްވައި، ލަތާ ދުނިޔެ ދޫކުރި ހަބަރު އެހީ ހިތާމައާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 28، 1929 ގައި މަދްޔަ ޕްރަދޭޝްއަށް އުފަންވި ލަތާ މަންގޭޝްކަރްގެ އާއިލާގައި ވެސް ލަވަ ކިޔާ މީހުން ގިނައެވެ. އޭނާގެ ބައްޕަ ޕަންޑިތު ދީނަތު މަންގޭޝްކަރަކީ މަރަތީ މިއުޒީޝަނެއްގެ އިތުރުން ތިއޭޓަރު އެކްޓަރެކެވެ.

ލަތާ މަންގޭޝްކަރަށް ވަނީ ގައުމީ ތިން އިނާމު ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1989ވަނަ އަހަރު ލިބުނު ދާދާސާހެބް ފަލްކޭ އެވޯޑާއި 2001 ވަނަ އަހަރު ލިބުނު "އިންޑިއާ ރަޓްނާ"ގެ ލަގަބު އިތުރުން ޕަދްމާ ވިބޫޝަންއާއި ޕަދްމާ ބޫޝަންގެ ޝަރަފު ވެސް ވަނީ އޭނާއަށް ލިބިފައިވެއެވެ.

Ads by Allied Insurance
  1. ކިނބޫ

    ގިނަ ބައެއްގެ ހިތްތަކުގައި ލަތާގެ ޖާދުވީ އަޑު ބިންވަޅު ނެގިފައިވާނެ. އެހެންވީމާ އިންޑިއާ އައުޓް އޭ ނުގޮވޭނެ: ނަޝީދު.