ދޫނިތައް މަރައިލި ސަބަބެއް ހަޖަމެއް ނުކުރެވޭ: އީވާ
ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެ ކުރި ދޫނިތަކެއް މަރައިލި މައްސަލައިގައި، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފިޝަރީޒް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެތެރެ ކުރި 130 ދޫންޏެއް، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ބުނެ، ފިޝަރީޒް މިނިސްޓްރީން ވަނީ މަރައިލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، އެ ދޫނިތައް މަރައިލާން ޖެހުނު ސަބަބެއް "ހަޖަމު" ނުކުރެވޭ ކަމަށެވެ. އަދި އެކަން ކުރުމުގައި އޭޖީގެ ލަފަޔަކަށް ވަޒީރަކު އެދިވަޑައިގަންނަން ޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެެވެ.
މީގެ އިތުރުން، ދޫނިތައް މަރައިލުން ނޫން އެހެން ގޮތެއް، ފިޝަރީޒް މިނިސްޓްރީއަށް ނޭނގުނީތީ ވެސް އީވާ ވަނީ ފާޑުވިދާޅުވެފައެވެ.
"އިންސާނަކު ކުށް ކުރީއެކޭ ކިޔައިފައި، އެ ޖަނަވާރުތަކަށް އެހެން ހަދާކަށް ނުޖެހޭ. އިއްޔެގަ އެމަންޒަރުތައް ފެނުނަސް އަޅުގަނޑުމެންނަށް އެނގޭ، މިއީ ދިވެހިރާއްޖޭގައި ފެށުނީއްސުރެ ވެސް ކަންކުރަމުން އަންނަ ގޮތްކަން ވެސް." އީވާ ވިދާޅުވިއެވެ.
އޭޖީ އޮފީހުން ބުނީ، ދޫނިތައް މަރައިނުލައި، އެ ގެނައި ގައުމަށް އަނބުރައިލުމުގެ ފުރުސަތު ވެސް އޮތްކަމަށާއި، އެގޮތަށް އަމަލު ނުކޮށް، ދޫނިތައް މަރައިލީ ކަމަށެވެ. އިއްޔެ މަރައިލި ދޫނިތަކުގެ އަގު އެއް މިލިއަން ރުފިޔާއަށް އަރައެވެ.
ކޮން އަނގައެއް އީވާ މި ތަޅަނީ، ފެންނަމުން ތިދަނީ ކަލޭމެންގެ ސަރުކާރުގެ އަނިޔާވެރިކަން، މި މައްކާރުންގެ ސަރުކާރުގެ ބޮޑުމަންޒަރު، މި އަނިޔާވެރިނގެ ސަރުކާރުން ރައިއްޔަތުންނާމެދު މިގޮތަށް އަމަލު ކުރާކަށް ފަސް ނުޖެހޭނެ ތޯއްޗެއް.
އީވާހީވަނީހަޖަމުގެމަސްއްލައުޅެނީހެންޑޮކުޓަރައްދައްކާލާ
އީވާ ހަޖަމުގެ މައްސަލައެއް އުޅޭނަމަ ދިވެހިރާއްޖޭގަ މަސައްކަތް ކުރާ ޑޮކްޓަރަކަށް ނުދައްކާތި.
އީވާ ވެސް މަތި އޮމާން ކޮއްލަނީ ހިނގާދިޔަ ކަންތަކުގެ އަޑު ކަޑުވާލަން. ފިޔަވަޅު އަޅާނެ ނަމަ މިހާރަށް އޮންނާނީ ފިޔަވަޅު އަޅާފަ. މީހަކު މަރާފަ، ބައެއްގެ ބޮޑު މުދަލެއް ވަގައް ނަގާފަ، ކިލޯއިން މަސްތުވާ ތަކެތި އެތެރެ ކޮށް ވިއްކާ މުޖުތަމައު ފަނާވާ އިރު ހަޖަމް ވަނީ ކިހިނެއްބާ ތި މަޖިލިސް ތެރޭ ހުންނަ އިރު ؟