މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ
މާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފިއެވެ.
މާލެ ސީޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް 3 ބަޔަކާ އެކު އެއްބަސްވުން އެކުލަވައިލައިފައިވާކަމަށެވެ.
މުޢިއްޒު ވިދާޅުވީ މިކަމާ ގުޅޭ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދަނީ މަސައްކަތަށް ބޭނުންވާ ކޭބަލް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
މީގެ އިތުރުން މުޢިއްޒު ވިދާޅުވީ މިސްކިތުގެ އެތެރޭގައި ވެސް އަދި މިސްކިތް ބޭރުގައި ވެސް، މުޅި މިސްކިތް ކަވަރވާގޮތަށް ކެމެރާ ހަރުކުރާނެ ކަމަށެވެ. އަދި ކެމެރާތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް ރޫމް އިންނާނީ މާލެ ސިޓީ ކައުންސިލްގެ އޮފީހެއްގައި ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.
މުޢިއްޒު ވިދާޅުވީ ބޭނުންވެއްޖެ ހިނދެއްގައި ފުޓޭޖް ޙިއްސާކުރާނެ ކަމަށެވެ. އަދި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މާލެއާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއް ހިމެނޭހެން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ކެމެރާ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށް ނިންމުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހުރިހާ މިސްކިއްތައް އޭސީ ކުރަންބުނި ބަޔަކަށް އެކަން ނުކުރެވުނު ބަޔަކަށް ކޮން ކެމެރާއެއް ހަރުކުރެވޭނީ.