ޚަބަރު ސިޔާސީ

ކޯލިޝަން ދެމެހެއްޓުމުގެ ނަމުގައި ރައީސް ޞާލިހު އުޅުއްވަނީ މަކަރާ ހީލަތުން: މުސްތަފާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރު ކޯލިޝަން ދެމެހެއްޓުމުގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އުޅުއްވަނީ މަކަރާ ހީލަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓުތަކެއްގައި ރައީސް ޞާލިހަށް ފާޑުވިދާޅުވެ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް "ސަކަރާތް ނުޖެހޭނެ" ކަމަށް ވިދާޅުވިއެވެ.

"ކޯލިޝަން ދަމަހައްޓަނީއޭ ކިޔައިގެން ވެސް އުޅެނީ މަކަރާ ހީލަތުން އުޅޭ އުޅުމެއްކަން، އެ ފެމުނުތަކަށް ވެސް އިނގޭ ކަލެއަށް ވެރިކަން ދީފިއްޔާ، ނަގާ އުކާލާނެކަން ވެސް." އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ނިޒާމް ތައާރަފުވި ފަހުން، އެއްވެސް ސިޔާސީ ޕާޓީއަކަށް ކޯލިޝަން ނުހަދައި، ވެރިކަން ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް، މީގެ ކުރީ ސަރުކާރުތަކުން ހެދި ކޯލިޝަން ރޫޅުނުއިރު، ރައީސް ޞާލިޙަކީ ކޯލިޝަން ދަމަހައްޓަވަން މަސައްކަތް ކުރައްވާ ވެރިއެކެވެ.

Ads by Allied Insurance
  1. އިއްބެ

    އެކަނިމިޔަދަކުނޫންމުސްތަފާއަކީއަބަދުވެސްދެފުށްކެހެރިމީހެއް