ޚަބަރު

އައްޑޫގެ މޭޔަރު ކޮވިޑަށް ފައްސި ވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ފައްސި ވި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ. އަދި ބަލީގެ ވަރަށް އާދައިގެ އަލާމާތްތަކެއް ހުރިކަން ވެސް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19ގެ ފައްސި ވޭދަނަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ އިސްފަރާތްތަކެއް ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް މިބައްޔަށް ފައްސިވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 986 މީހުން ކޮވިޑަށް ފައްސިވިއެވެ.

އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބަލި ޖެހުނު 986 މީހުންނާއި އަތޮޅުތެރެއިން ބަލި ޖެހުނު 696 މީހުންނެވެ.

Ads by Allied Insurance
  1. ބުލްބުލް

    ތިވެސް ހަބަރެއްތަ