ކުޅިވަރު

ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ހިތާމަވެރި ޚަބަރެއް، ފައިސަލް ކުޅުން ހުއްޓައިލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު ގޯލް ކީޕަރު މުހައްމަދު ފައިސަލް--

ރާއްޖޭގެ އެއް ނަމްބަރު ގޯލް ކީޕަރު، މުހައްމަދު ފައިސަލް ފުޓްބޯޅަ ކެރިއަރު ދޫކޮށްލަން ނިންމައިފައިވާކަން އޭނާ ހާމަކޮށްފިއެވެެ.

Ads by STELCO

ފައިސަލް ، ފޭސްބުކްގައި ރޭ ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ހުންނަ ގޮތާ މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ފުޓްބޯޅައާ ދުރަށްދާން ބޭނުންވާ ސަބަބުތައް ގިނަ ކަމަށެވެ.

އަދި "ލޯބިވާ ސަޕޯޓަރުންނާ" ދުރަށްދާ ދުވަހު ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

"އަޅުގަނޑު ފުޓްބޯޅަ ކުޅުން ހުއްޓައިލާ ދުވަހު، އަޅުގަނޑަށް ގުޅާ ކޮންމެ ނިއުސްއަކަށް، އަޅުގަނޑުގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅައިގެ ހަގީގަތް ވަރަށް ރަނގަޅަށް ކިޔައިދޭނަން." އޭނާ ބުންޏެވެ.

ފައިސަލް އިތުރަށް ބުނީ، އޭނާ ކުޅުން ހުއްޓާލާ ދުވަހު ދިވެހި ފުޓްބޯޅައާ ގުޅޭގޮތުން، އާންމުންނަށް ނޭނގޭ އެތައް ވާހަކައެއް ކިޔައިދޭނެ ކަމަށެވެ.

އުމުރުން 33 އަހަރުގެ ފައިސަލަކީ ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ވެސް މެއެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2006ވަނަ އަހަރުގައި ކްލަބް "އޯލް ޔޫތު ލިންކޭޖް"އިންނެވެ.

2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ރާއްޖެއަށް ލިބުނުއިރު، ފައިސަލް ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

Ads by HDC
  1. ޥަރަހީތަމަ ވަތަދެރަ

  2. އަރުސަން

    ވަރަށް ހިތާމަ ހުރި ކަމެއް ދިވެހި ފުޓްބޯޅަ ގ ކަން ކަން ރަނގަޅު ނުކުތެވޭ ތީ ވ ކަން ތައް ތަ މީ ހިތަމަ ހުރި