Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕާކިސްތާާނާ ދެކޮޅަށް ކުޅޭ މެޗުން ދަގަނޑޭއަށް ފުރުސަތު ދީފި

ޕާކިސްތާާނާ ދެކޮޅަށް ކުޅޭ މެޗުން ދަގަނޑޭއަށް ފުރުސަތު ދީފި

ޕާކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމާއެކުގައި ކުޅޭ ރަޙްމަތްތެރިކަމުގެ މެޗުގައި، ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ޢަލީ އަޝްފާޤު(ދަގަނޑޭ) ހިމަނައިފިއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހު ލ.އަތޮޅުގައެވެ. އަޝްފާޤަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ ވެސް މެއެވެ.

ޕާކިސްތާނާ ދެކޮޅަށް އެކުލަވައިލި ސްކޮޑުން ޖާގަ ހޯދި ޒުވާން ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ހުމެއިސް ހަސަންއާއި, އަޙުމަދު މާއިޝް ރަޝީދުއާއި, މިޑްފީލްޑަރ ނިޝާމް މުޙައްމަދު ރަޝީދުއާއި, ފޯވާޑް މުޙައްމަދު ސަހާއު ހިމެނެއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުން ބައްސާމް މުޙައްމަދު ނައީމްއަށްވެސް ވަނީ ފުރުޞަތު ދީފައެވެ.

އިތުރު ކުޅުންތެރިންގެ ތެރޭގައި މާޒިޔާއަށް ބަދަލުވި ދެ ޑިފެންޑަރުން، ހުމަދު ނޫމާން (ހެލްމެޓް), ހުސެއިން ޝިފާއު ޔޫސުފް (ކްރޯ), އާއި އީގަލްސްއިން މާޒިޔާއަށް ބަދަލުވި ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި, އިބްރާހީމް އައިޝަމް, ހުސެއިން ނިހާން އަދި މާޒިޔާ ދޫކޮށް އީގަލްސްއަށް ބަދަލުވި އިބްރާހީމް މަހުދީ ހުސެއިން ހިމެނެއެވެ.

އަޝްފާޤުގެ އިތުރުން ކުރިއަށް ކުޅެން ތިބި ސީނިއަރ ދެ ފޯވާޑުންނަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު)އާއި ނާއިޒު ހަސަން ދާދުއެވެ. މިދެ ކުޅުންތެރިންނަކީވެސް މާޒިޔާގެ ކުޅުންތެރިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް