ޚަބަރު

ބަނގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، އެމްއެންޑީއެފްގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަނގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އެސް.އެމް ޝަފީއުއްދީން ރާއްޖެއަށް ކުރައްވަމުންގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު އެމްއެންޑީއެފްގެ ހެޑްކޯޓަރޒްއަށް ޒިޔާރަތްކުރައްވައިފިއެވެ.

Ads by MWSC

ޝަފީޢުއްދީން ، އެމްއެންޑީއެފްގެ ހެޑްކޯޓާރޒްއަށް މިއަދު ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވައިފައެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ބަނގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ ބަނގްލަދޭޝް އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ޒިޔާރަތުގައި ބަނގްލަދޭޝް އާމީ ޗީފްގެ އަރިހުގައި ބަނގްލަދޭޝް އާރމީގެ 7 ވަނަ އިންފެންޓްރީ ޑިވިޝަންގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ މޭޖަރ ޖެނެރަލް ޚާން ފިރޯޒް އަޙުމަދާއި، ބަނގްލަދޭޝްއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކޮމޮޑޯރ ޝަފީއުލް ބާރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްރަޙީމް އަބްދުއްލަތީފް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!