ޚަބަރު ވިޔަފާރި

މި އަހަރު ރާއްޖެއަށް 210000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 210000އިން މައްޗަށް އަރައިފިއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދު ވެސް ކުރީ އަހަރުތަކާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 210،184 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 555،495 ފަތުރުވެރިންނެވެ. 2021ވަނަ އަހަރު 1،321،932 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ މިހައިތަނަށް ރާއްޖެ އައިސްފައި ވަނީ 210،184 ފަތުރުވެރިންނެވެ.

އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގައުމުން 33،191 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން 24،010 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އަހަރުގެ މިހައިތަނަށް އިންޑިއާއިން 18،044 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!