ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ، ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.
މާރިޔާގެ މި ދަތުރުފުޅަކީ ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް ޝެއިހު މުހައްމަދު އަހުމަދު އަލްބަވަރުދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެކަމަނާގެ މި ދަތުރުފުޅާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ، މި ދަތުރުފުޅަކީ މިމަހުގެ 21އިން 23އަށް އަބޫދާބީގައި ބާއްވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި އެގްޒިބިޝަނަކީ އަބޫދާބީ ނެޝަނަލް އެގްޒިބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެގައުމުގެ ޑިފެންސް މިނިސްޓްރީން އިންތިޒާމު ކުރާ އެގްޒިބިޝަނެކެވެ.
Ads by HDC