ޚަބަރު ސިޔާސީ

ތިލަވަމުން ދަނީ ރައީސް ޞާލިހު އެމްޑީޕީ ޖަހައިގަންނަ މަންޒަރު: މަލީހު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

މިހާރު "ތިލަވަމުން" އަންނަ މަންޒަރަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ވެރިކަން ކުރާ މައި ޕާޓީ(އެމްޑީޕީ) ޖަހައިގަންނަ މަންޒަރު ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ހޮވިވަޑައިގެންފައެވެ. މި އިންތިހާބުގައި އަސްލަމަށް 40 ވޯޓު ލިބުނުއިރު، އޭނާއާ ވާދަ ކުރެއްވި އަލީ އާޒިމަށް ލިބިފައި ވަނީ 25 ވޯޓެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމަށް ތާއީދު ނެތުމުން ހާމަ ވަނީ، ފާއިތުވި ދައުރުގައި އޭނާ ހައްދަވައިފައިވާ ބޮޑެތި ގޯސްތައް ކަމަށެވެ.

"އަރުއްވާނެ ފަޅި ޔަގީންނުވެ، އެންމެ ފަހުން ދެ ފަޅިން ވެސް ދޯކާ. ރައީސް އިބޫ މުޅި ޕާޓީ ޖަހައިގަންނަ މަންޒަރު ތިލަ މިވަނީ." އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ ވެސް ފޯރިގަދަ އިންތިހާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

Ads by Ooredoo
  1. ފުވއްމުލަކުމީހާ

    މަލީހުކަލޭތީބޮޑުކޮހެއްކަލޭދަކާއްވާހަގަބޫލުކުރާނެކުޑަކުޖެއްވެސްނެއްޔާމީނުޖަހާގެންފައޮޕާޓީއެގައްމިހާރުތިއުޅެނީބޯގޯސް

  2. ޖަމާލު ތޮއްޓެ މަލީޙާ

    މަނިކުފާނަށް ތި ހުންނެވެނީ ކޮން ފަޅިއެއްގައި ކަނ އެނގިވަޑައިގަންނަވާތޯ؟ 2 ބޭން ތި އުޅުއްވަނީ ވަރަށް ބަހަބޯކަލޭގެ ވެގެން، ތިއީ ޢާއިލީ ގޮތުން ވާރުތަވެފައިވާ ކަމެއް ޒަމާނުއްސުރެ ތި ޢާއިލާ މަޝްހޫރު ވެފައިވަނީ އަނގަ ގަދަ ބަސްގިނަ ބޭކާރު ހުތް ެްެެަެައަނގަ ތަޅާ ބްބްބްބ
    ބައެއްގެ ގޮތުގައ، މަޝްހޫރ ބަހަބޯކަލޭގެ