ލައިފްސްޓައިލް

އެކުވެރިންގެ ދުމުން ތިމާ ހުލިވާން ދޫކޮށްލަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދުންްފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ކިހާ ގެއްލުން ހުރި ކަމެއްކަން އަހަރުމެން ހުރިހާ މީހުންނަށް ވެސް އެނގެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާގެ ހިތާއި ފުއްޕާމޭ އަދި ހަށިގަނޑުގެ ދިފާއީ ސިސްޓަމް ބަލިކޮށް މީހާގެ އުމުރު ކުރުކޮށްލައެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާ ފަަހަރެއްގައި މިކަމާ މެދު ވިސްނަން ނުޖެހިދާނެއޭ ހީވެދާނެއެވެ.

ނަމަވެސް ތިބާ ކައިރީ އުޅޭ އެކުވެރިންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބައެއް ކަމުގައި ވުން ވެސް މުހިންމެވެ. އަމިއްލަ ސިއްހަތަށްޓަކައެވެ. "އަހަރެން ސިނގެރޭޓެއް ނުބޮމޭ އޭނާ ބުޔަސް ކީއްހޭ' ވިސްނުން ދޫކޮށްލާން ވެއްޖެއެވެ.

ޕެސިވް ސޮމޯކިން ނުވަތަ ނުސީދާ ކޮށް ކުރެވޭ ދުންފަތުގެ އިސްތިއުމާލަކީ ވެސް އާ ވާހަކައަކަށް ނުވާނެއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ހަގީގަަތަކީ މިފަދައިން ހަށިގަނޑަށް އެތެރެވާ ފުންފަތުގެ ދުމުން ވެސް ހަށިގަނޑަށް ސިގިރެޓް ބުއިމުންވާ ގެއްލުމާއި އެއްވަރުގެ ގެއްލުން ލިބޭ ކަމެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު 600،000 މީހުން ޕެސިވް ސްމޯކިންގައި މަރުވާއިރު މި އަދަދުގެ ތެރެއިން 165،000 މީހުންނަކީ ކުޑަ ކުދިންނެވެ. އެކުވެރިންނާއެކު ކޮފީ މޭޒު ތަކުގައި ތިބެ އެ ބުރުވާ ދުމުން ތިބާ ގެ ހަޔާތް ވެސް އެ ހުޅުވިގެން ދަނީ ނުރައްކަލުގެ ތެރެއަށެވެ. ވިސްނައި ނުލާ ތިބާގެ ހަޔާތުން މަދު ކޮށްލެވެނީ އިތުރު ދުވަހެކެވެ. ވިސްނައި ނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. އެކުވެރިންގެ ދުމުން ތިމާ ހުލިވާން ދޫކޮށް ލެވޭކަށް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!