ޚަބަރު

ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓައިފައި ހުރި ތަކެތި ނަގަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓައިފައި ހުރި ތަކެތި ވީހައި ވެސް އަވަހަށް ނެގުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އަންގައިފިއެވެ.

Ads by MWSC

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށް ބިން ހުސްކޮށް އަންނަ މަހު ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އެ ތިން ޕްރޮޖެކްޓަކީ:

ހާބަ 1، ހާބަ 2 އަދި ޗެނަލް 2އެވެ.

އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރުމަށް ހުޅުމާލޭގައި ހުރި ހުސް ބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓައިފައި ހުރި ތަކެތި ނަގައި، އެތަން ހުސްކުރުމަށް މިދިޔަ މަހުގެ 18ގައި އެޗްޑީސީން ކުރި އިއުލާނެއްގައި ވެސް އަންގައިފައިވާނެކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އެ ބިންތައް ހުސްކޮށްފައި ނުވާކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެހެންކަމުން އެ ޕްރޮޖެކްޓުތައް ފެށުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ. އަދި އެ ބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން އެ މުއްދަތުގެ ކުރިން އެ ތަކެތި ނެގުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!