ވިޔަފާރި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޅި ރާއްޖެއަށް ހުޅުވައިގެން ކުރިއަށްގެންދާ "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

Ads by STELCO

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ އެކު ހެދި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ. އަދި އެސޯސިއޭޝންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާ އެވެ.

މި މުބާރާތަކީ ރާއްޖޭގެ އެކި ރަށްތަކުން 91 ޓީމެއް ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތުގައި 177 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މި މުބާރާތް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލެ ޓާފް ދަނޑުގަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއާޝަނުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި މާލެ އާއި ފުވައްމުލައް ނޫން އެހެން ހުރިހާ ރަށަކުން އެއް ޓީމަށް ބައިވެރިވެ އެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެ އެވެ. މިއީ މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!