ޚަބަރު

އަލިފާނުގެ ހާދިސާއެއް ހިނގައި، 10 މީހަކަށް ދުމުގެ އަސަރުކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހެންވޭރު ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީ، އަލިފާންގަނޑު ނިއްވައިލައިފިއެވެ.

Ads by MWSC

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:55 ހައިއިރު ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ލިބުމުން، އެފްއާރްއެސްގެ ފައިޓަރުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި 10 މީހުންނަށް ދުމުގެ އަސަރުކޮށްގެން، އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލަށް ފޮނުވައިގެން ފަރުވާ ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި އިމާރާތަކީ ބިދޭސީން ދިރިއުޅެމުން ދިޔަ އިމާރާތެއް ކަަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!