ޚަބަރު އިޖުތިމާޢީ

ކޮވިޑް-19: މޮނިޓަރިން ހާލަތުގައިވާ ރަށްތަކުގެ އަދަދު މަދުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު. މައިމޫނާ އަބޫބަކުރު-- ފޮޓޯ/ ސަންއޮންލައިން

ކޮވިޑް-19ގެ ވޭދަނަތަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ އަދަދު މަދުވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭގެ މޮނިޓަރިންގައި، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 27 ރަށެއް އޮތެވެ. ނަމަވެސް އެ އެޖެންސީން މިއަދު ބުނީ މޮނިޓަރިން ހާލަތުގައި މިހާރު އޮތީ 20 ރަށެއް ކަމަށެވެ.

މޮނިޓަރިންގައި މިހާރު އޮތް ރަށްތައް:

ކ.މާފުށި

ހއ.އިހަވަންދޫ

ހދ.ނޮޅިވަރަމްފަރު

ށ.ފުނަދޫ

ލ.ގަން

ހދ.ހަނިމާދޫ

ކ.ގުރައިދޫ

ހއ.ދިއްދޫ

ހދ.ކުޅުދުއްފުށި

ލ.ދަނބިދޫ

ށ.ކަނޑިތީމް

ގދ.ތިނަދޫ

ދ.ކުޑަހުވަދޫ

ބ.ކެންދޫ

ރ.އިނގުރައިދޫ

ތ.ވިލުފުށި

ރ.އަލިފުށި

ލ.ފޮނަދޫ

ހދ.މަކުނުދޫ

ހދ.ނޮޅިވަރަމްފަރު

އޮމިކްރޯން ވޭރިއަންޓް ފެނި، ރާއްޖެއަށް އައި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކުގައި، ބަލީގެ ވޭދަނަތައް ވަަރަށް ބޮޑަށް އިތުރު ވެގެން ދިޔައެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު، ވޭދަނަތައް މަދުވާން ފަށައިފައިވާކަން ފާހަގަކުރެވެއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވީ 796 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ބަލި ޖެހުނު 73 މީހުންނާއި، އަތޮޅުތެރެއިން ބަލި ޖެހުނު 669 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!