ޚަބަރު

އީމާން މަރެއް ނުވޭ، ނަމަވެސް ހާލު ކްރިޓިކަލް: އޭޑީކޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި އިއްޔެ ދުއްވައިފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާން އޮތީ ވަރަށް ކްރިޓިކަލް ހާލަތެއްގައި ކަމަށް އޭޑީކޭއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލު "ދެން"އަށް ވިދާޅުވީ އީމާން އޮތީ ކްރިޓިކަލް ހާލަތެއްގައި ކަމަށާއި މިވަގުތު ފަރުވާ ހޯދަމުން ދަނީ އައިސީޔޫގައި ކަމަށެވެ.

”އީމާން މަރެއް ނުވޭ. އަދި އޮތީ ވަރަށް ކްރިޓިކަލް ހާލަތެއްގައި. މިހާރު އޮތީ އައިސީޔޫގައި” އައްފާލް ވިދާޅުވިއެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވައިފައި ދަނިކޮށް 29 އަހަރުގެ އީމާން ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 16:25 ހައިއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އީމާން ސައިކަލުން ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ އޮހޮރިފައި ހުއްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!