ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި އީމާން މިއަދު ނިޔާވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އައިމިނަތު އީމާން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެއްޖެއެވެ.

Ads by MWSC

މިކަން އޭޑީކޭއިން ވަނީ "ދެން"އަށް ކަށަވަރު ކޮށްދީފައެވެ.

އޭޑީކޭގެ ޖެނެރަލް މެނޭޖަރ އަހުމަދު އައްފާލު މިއަދު "ދެން"އަށް ވިދާޅުވީ، އީމާން ނިޔާވި ކަމަށް ނިންމީ މިއަދު ހެނދުނު 7:42 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން، އީމާންއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން، ހާލަތު ވަރަށް ގޯސްވިއިރު، ވެންޓިލޭޓަރުން ނަގަން ނިންމީ ހާލަތަށް ކުޑަވެސް ބަދަލެއް ނައުމުންނެވެ.

އުމުރުން 29 އަހަރުގެ އީމާން ނިޔާވި އިރު، އޭނާގެ ފިރިމީހާއާ ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!

އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. އިސްލާމުން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون