އިންތި ކެމްޕެއިން ދަތުރެއްގައި އައްޑުއަށް
![](https://dhen.mv/wp-content/uploads/2022/03/ބބކ-850x548.jpg)
އަންނަ އޭޕްރީލްމަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިން ދަތުރެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހަށް ކެމްޕޭން ދަތުރެއްގައި އައްޑުއަށް ވަޑައިގަންނަވާނެ ކަމަށާއި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
އިންތި ވަނީ މިދިޔަ ހަފްތާ ބަންދުގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މި އިންތިޚާބު ވަރަށް ބޮޑަށް ފޯރިގަދަ ވެގެންދާނެ ކަމަށް ބެލެވޭއިރު، ފައްޔާޒާއި އިންތި ވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް އިތުރު ކުރައްވަމުންނެވެ.