ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިން ސަލާމަތްތެރިކަމާ އެކު ބޯޑަރު ހުރަސްކޮށްފި
ރަޝިޔާއިން މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ އެކު ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރެއިންގައި ތާށިވެފައި ތިބި ނުވަ ދިވެހިން ވެސް ރައްކާތެރިކަމާ އެކު ހަންގޭރީގެ ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހަނގުރާމަ ފެށުނުއިރު، ޔޫކްރެއިންގައި ޖުމްލަ 50 ދިވެހިން ތާށިވެފައި ތިއްބެވެ. މިއަދު ހަންގޭރީއަށް ދިޔަ ނުވަ ދިވެހިން ފިޔަވައި ބާކީ ތިބި މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.ހަންގޭރީއަށް އެތެރެވި ނުވަ މީހުން ވެސް ރާއްޖެ ގައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހަމަލާތައް ފެށުނު ދުވަސްވަރު ޔޫކްރެއިނުގައި ތާށިވި ދިވެހިން ވެސް ގެނައީ ހަންގޭރީ މަގުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވްގައި ތިބި އަށް ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެއްސެއް މިއަދު ހަންގޭރީގެ ބޯޑަރު ހުރަސްކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް ރައްކާތެރިކަމާ އެކު ރާއްޖެ ގެނައުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާ އެކު ކުރައްވަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރަމުން އަންނަ އަބްދުﷲ ޝާހިދު ވަނީ މި ހާލަތުގައި ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވައިފައެވެ.