ޚަބަރު

ރާއްޖޭގައި މުޅިން އަލަށް އަޅާ "ކޮންޓެއިނަރ ޕާކު”ހުޅުމާލޭގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުލުމާލޭގައި "ކޮންޓެއިނަރ" ޕާކެއް އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.

Ads by Hajj Corporation

އެޗްޑީސީން ވިދާޅުވީ ޕާކުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ޕާކު ތަރައްޤީކުރަނީ ހުޅުމާލޭގެ ރެޑްވޭވް މޯލްގެ ފުރަގަހުގައި އޮންނަ ސަރަޙައްދުގައި ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މި ޕާކު ޚާއްސަކޮށްފައި ވަނީ ޒުވާނުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށާއި، އަދި އެ ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށެވެ.

ކޮންޓެއިނަރ ޕާކަކީ ޒުވާނުންނާއި ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށް މި ގޮތަށް ތަރައްޤީކުރާ ފުރަތަމަ ޕާކެވެ.

މި ޕާކަކީ ބައު ކޮންޓެއިނަރުތައް ބޭނުންކޮށްގެން ހަދާ ޕާކެކެވެ. އެޗްޑީސީން ވިދާޅުވީ މި ޕާކުގެ ޒަރިއްޔާއިން ކުދި ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް، ހިތްހަމަޖެހޭ މާޙައުލެއްގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!