ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ ބޭކަލެއް ނިޔާވެއްޖެ

ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ ބޭކަލެއް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ވިދާޅުވީ ނިޔާވެފައި ވަނީ މުޙައްމަދު ރާފިލް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ ނިޔާވީ އިއްޔެ މާފިލާފުއްޓަށް ޓްރޭނިންގ ހަދަން ގޮސް އުޅެނިކޮށް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون