އެމްޑީޕީ މެންބަރުން ދެއްކި ވާހަކަތަކުން ޔަގީންވީ ވައްކަމާއި ކޮރަޕްޝަން އޮތް މިންވަރު: އުޝާމް
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރު ދެއްކި ވާހަކަތަކުން ޔަގީންވި އެއް ކަމަކީ މި ސަރުކާރުގައި ފާޅުގައި ވައްކަމާއި ކޮރަޕްޝަން ހިންގަމުންދާ މިންވަރު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ސަރުކާރު ތެރޭގައި ކޮރަޕްޝަން އޮތް ކަމަށާއި އިކޮނޮމިކް މިނިސްޓްރީގައި އޮތް އެފަދަ ކޮރޮޕްޝަންގެ މައްސަލައެއް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.
ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅުއްވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ދެއްކި ވާހަކަތަކުން ޔަގީންވާ އެއްކަމަކީ މިވެރިކަމުގައި ފާޅުގައި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ މިންވަރު ކަމަށާއި އެ ކަންތައްތައް ބެލުމަށް ސަރުކާރާއި މަޖިލީހާއި މިނިވަން މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރު ކަމަށެވެ.