ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށް ފަހު، އެމައްސަލައިގައި ދަޢުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވައިފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށެވެ.
އަދި އެ އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެ ހުރި މެޖިސްޓްރޭޓް ، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އަރިހުގައި އެދިފައި ނުވާނެކަމަށް ބުނެފައިވާ ކަމަށާއި އެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާ ލިބޭ ފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައި ވަނީ މުޙައްމަދު އިބްރާހީމްކަމަށް ވާތީ، އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށް ޓަކައި ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ އޭނާގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ވާތީ މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 2022 މާރިޗު 17ވަނަ ދުވަހުން ފެށިގެން، 1 މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
އެ މުހައްމަދު އިބްރާހީމަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ ބައްޕަގެ އެއްބަފާ ކޮއްކޮ.