ޚަބަރު ސިޔާސީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 94،000 މީހުންނަށް ވޯޓްލެވޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑިޕީގެ ޗެއަރޕާސަން، އަންހެނުންގެ ކޮމިޓީގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ގޮފީގެ ރައީސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި 94،214 މެންބަރުންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެވެ

Ads by MWSC

އެމްޑީޕީގެ ދަފްތަރުގައި ތިބި 94ހާހަށް ވުރެ ގިނަ މީހުންނަށް ތިބި ކަމަށް އެ ޕާޓީން ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފުތަރުގައި ތިބީ 54،782 މީހުންނެވެ.

އެމްޑީޕީއިން އާއްމުކޮށްފައިވާ އިންތިޚާބަށް ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓަކީ، 28 ފެބްރުއަރީ 2022ގައި ޝަކުވާ ހުށަހެޅުމަށް ހުޅުވައިލެވުނު ލިސްޓެކެވެ. އެ ޕާޓީން ވިދާޅުވީ، ޝަކުވާ ހުށަހެޅުއްވި ފަރާތްތަކުގެ ޝަކުވާތައް ބަލައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ލިސްޓް އާއްމު ކުރީ ކަމަށެވެ. އަދި ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް ވޯޓު ނުލެވޭނެ ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދޭނީ، މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި ތާރީޚާ ހަމައަށް ޕާޓީގައި ތިބި މެންބަރުންނަށެވެ. އޭގެ ފަހުން ޕާޓީއާ ގުޅުނު ފަރާތްތަކަށް ވޯޓްލުމުގެ ޙައްޤު ލިބިގެން ނުވެއެވެ.

މި އިންތިޚާބު ކުރިން ބޭއްވުމަށް އޮތީ އަންނަ އޭޕްރީލް މަހު 14ގައެވެ. ނަމަވެސް އެ ތާރީޚް ރޯދަ މަހާ ދިމާވާތީ، މެއި 14އަށް އިންތިޚާބު ވަނީ ބަދަލުކޮށްފައެވެ.

އެމްޑީޕީގެ ޗެއަރކަމަށް ވާދަކުރައްވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ)އާއި އަންހެނުންގެ ރޫހުގެ މިހާރުގެ މެންބަރު ސަފާތު އަހުމަދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!