Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާސެނަލްގެ ތަރި ތޯމަސް ޕާޓޭ އިސްލާމްވެއްޖެ

އާސެނަލްގެ ތަރި ތޯމަސް ޕާޓޭ އިސްލާމްވެއްޖެ

އިނގެރޭސި ކްލަބު އާސެނަލަށް ކުޅެމުންދާ ގާނާގެ ގައުމީ ތަރި ތޯމަސް ޕާޓޭ އިސްލާމްވެއްޖެއެވެ.

ގާނާގެ ގައުމީ ޓީމަށާއި އާސެނަލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާޓޭ އިސްލާމްވީކަން ހާމަކޮށްފައި ވަނީ އޭނާ މިހާރު ދިރިއުޅޭ ލަންޑަންގައި ހުންނަ އަޒްހަރީ އިސްލާމީ މަރުކަޒުންނެވެ. އެ މަރުކަޒުގެ އިމާމާ އެކު ޕާޓޭ ނަގައިފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކޮށް އެ މަރުކަޒުން ވަނީ ޕާޓޭއަށް ހިދާޔަތު ދެއްވިކަމަށް ޓަކައި ﷲތަޢާލާއަށް ހަމްދުކޮށް ، ޙައްޤުގެ މަގުގައި ޕާޓޭގެ ފައިތިލަ ސާބިތުކޮށްދެއްވުން އެދި ދުޢާކޮށްފައެވެ.

2020ވަނަ އަހަރު ސްޕޭންގެ އެތުލެޓިކޯ މެޑްރިޑްއިން އާސެނަލްއަށް ބަދަލުވި ފަހުން ޕާޓޭވެފައި ވަނީ އާސެނަލްގެ މިޑްފީލްގައި ވަރަށް މުހިންމު ކުޅުންތެރިއަކަށެވެ. މިދިޔަ ހަފްތާ ބަންދުގައި އާސެނަލްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ލެސްޓާގެ ގޯލް ހުޅުވައިލަދީފައެވެ.

Advertisement
Allied Insurance — Square (box)

<img class="alignnone wp-image-145847 size-full" src="https://cdn.dhen.mv/wp-content/uploads/2022/03/549B90B5-D33F-4DA4-8D55-A4088160F927.jpeg" alt="" width="922" height="915" />

ނިކަމެތި އާއިލާއަކަށް އުފަންވި ޕާޓޭގެ ފުޓްބޯޅަ ކެރިއަރު ފެށިފައިވާ އުފަން ގައުމު ގާނާއިންނެވެ. އޭގެ ފަހުން އޭނާއަށް ޓްރައިލްއަކަށް ފުރުސަތު ލިބި 2012ގައި އެތުލެޓިކޯ މެޑްރިޑްގެ ޒުވާން ޓީމުން ޖާގަލިބުނެވެ. އަދި 2013ގައި އެތުލެޓިކޯގެ ސީނިއާ ޓީމުން ޖާގަ ލިބުނަސް ޖެހިގެން އައި ތިން އަހަރު އޭނާ ހޭދަކުރީ ލޯނެއްގެ ގޮތުގައި މަލާކޯއާއި އަލްމެއިރާގައެވެ. އެ ދެ ޓީމުގައި ދެއްކި މޮޅުކުޅުމުގެ ސަބަބުން 2015އިން ފެށިގެން އެތުލެޓިކޯގެ ސީނިއާ ޓީމުގައި ހިމެނި އޭނާ ވަނީ ވިދައިލައިފައެވެ.

ޕާޓޭ ފާހަގަ ކުރެވެނީ އޭނާގެ އުފަން މުޖުތަމައަށް އެހީވާ ހިތްތިރި މީހެއްގެ ގޮތުގައެވެ. އެ ގޮތުން ފެންވަރު މަތީ ދިރިއުޅުމަކީ އޭނާ ގަޔާވާ ކަމެއް ނޫނެވެ.

https://dhen.mv/143654

ނެދަލެންޑްސް އަދި ސްޕޭންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާންގެ ކުރީގެ ތަރި ސީޑޯފް ވެސް މި މަހު ވަނީ އިސްލާމްދީން އިޚްތިޔާރުކޮށްފައެވެ. މިކަމުގައި އޭނާގެ އެންމެ ބޮޑު މަދަދުގާރަކަށްވީ އޭނާގެ ލޯބިވެރިޔާ އިރާންގެ ސޯފިއާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް