Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

ނެދަލެންޑްސްއާއި ރެއާލްގެ ކުރީގެ ތަރި ސީޑޯފް އިސްލާމް ވެއްޖެ

ނެދަލެންޑްސްއާއި ރެއާލްގެ ކުރީގެ ތަރި ސީޑޯފް އިސްލާމް ވެއްޖެ

ރިއާލް މެޑްރިޑްގެ ކުރީގެ ތަރި ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެއެވެ.

ސީޑޯފް އިސްލާމްވެފައިވާކަން އިންސްޓަގްރާމްގައި ޕޯސްޓެއްގައި އޭނާ ވަނީ ޔަޤީން ކޮށްދީފައެވެ.

"މުސްލިމު އާއިލާއާ ގުޅުމާ އެކު ވަރަށް ގިނަ މަރުޙަބާގެ މެސެޖްތައް ލިބިއްޖެ. އެންމެނަށް ޝުކުރު ދަންނަވަން" ސީޑޯފް އެންމެ ޚާއްސަ ޝުކުރެއް ދެންނެވީ އޭނާގެ ލޯބިވެރިޔާ އިރާންގެ ސޯފިއާއަށެވެ.

Advertisement
Ooredoo — Square (box)

"އިސްލާމްދީނުގެ މާނަ އަޅުގަނޑަށް އިތުރަށް ތަފްޞީލުކޮށް ދަސްކޮށްދެއްވި އަޅުގަނޑުގެ ސޯފިއާއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން"

އިންސްޓަގްރާމުގައި އޭނާ ވަނީ އެކުވެރި އަރަބި އިމާރާތުގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް އެފެޔާޒް އެންޑް ޒެރިޓަބަލް ޖަސްޓިސްގައި ސޯފިއާއާ އެކު ނަގައިފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

[caption id="attachment_143666" align="alignnone" width="485"]<img class="wp-image-143666" src="https://cdn.dhen.mv/wp-content/uploads/2022/03/E4EA481D-5215-495B-9055-08938C7D43D1-300x295.jpeg" alt="" width="485" height="477" /> ސީޑޯފް، ލޯބިވެރިޔާ ސޯފިއާއާ އެކު[/caption]

ސީޑޯފްގެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ، އިސްލާމް ވިޔަސް އޭނާގެ ނަން ބަދަލު ކުރަން ބޭނުން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އޭނާގެ ނަމަކީ އޭނާގެ މައިންބައިން ދިން ނަމަކަށް ވުމުން ކަމަށެވެ.

ސީޑޯފަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ މިހައިތަނަށް ތިން ކްލަބަކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. 1995ވަނަ އަހަރު އަޔެކްސްއާއެކު އެއް ފަހަރު، 1998ވަނަ އަހަރު ރެއާލް މެޑްރިޑާ އެކު، 1998ވަނަ އަހަރު އަދި 2003 ވަނަ އަހަރާއި 2007ވަނަ އަހަރު އޭސީ މިލާނާ އެކު ދެ ޗެމްޕިއަންސް ލީގު އޭނާ ކާމިޔާބު ކުރިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް