ލައިފްސްޓައިލް

ތުރުކީގެ ޓީވީ ސީރީއަސްއަކުން ހިތްވަރު ލިބިގެން 60 އަހަރުގެ އެމެރިކާ އަންހެނަކު އިސްލާމްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުރުކީގެ މަޝްހޫރު ޓީވީ ސީރީޒެއް ކަމަށްވާ "ޑިރިލީޝް އެރްތޫރޫލް" ބެލި އުމުރުން 60 އަހަރުގެ އެމެރިކާ އަންހެނަކަށް އިސްލާމް ދީނާމެދު ލޯބި އުފެދި އިސްލާމްވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، ނެޓްފްލިކްސް އިން ދައްކާ އެސީރީޒް ބެލުމަށްފަހު އެއަންހެން މީހާގެ ޝައުޤުވެރިކަން އިސްލާމްދީނަށްޓަކައި ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.

ވިސްކޮންސިން އަށް ނިސްބަތްވާ އެއަންހެންމީހާ ވަނީ އިސްލާމްވުމަށްފަހު އޭނާގެ ނަން ވެސް "ޚަދީޖާ" އަށް ބަދަލު ކޮށްފައެވެ.

"އެސީރީޒް ބަލަން ފެށިފަހުން އިސްލާމްދީނަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދުނު. އެހެންކަމުން އިތުރަށް މިދީނާ ބެހޭގޮތުން މައުލޫމާތު ހޯދިން. މީގެކުރިން އަހަންނަށް އެއްގޮތަކަށް ވެސް އެނގިފައިނުވާ ތާރީޚީ ކަންތައްތަކެއް އިސްލާމްދީނުގައިވޭ" އަނާދޯލޫ އޭޖެންސީއަށް ދިން އިންޓަވިއު އެއްގައި ޚަދީޖާ ބުނެފައިވެއެވެ.

ޚަދީޖާ ބުނީ އިސްލާމްދީނާ ބެހޭގޮތުން އިތުރަށް އެނގުމަށްޓަކައި އޭނާ ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ވެސް ކިޔަން ފެށި ކަމަށެވެ. އަދި ބޮޑަށް އޭނާއަށް ކަންކަން އެނގެން ފެށުމުން، އޭނަގެ ހިތް ސާފު، ކަންކަން އޮޅުންފިލުވާ ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބެން ފެށިކަމަށް ވެސް ޚަދީޖާ ބުނެފައިވެއެވެ.

"އެއް ދުވަހު އަހަރެން ދިޔައިން، އަހަރެން ދިރިއުޅޭ ސަރަޙައްދުން މިސްކިތެއް ހޯދަން. އަދި މިސްކިތް ތެރެއަށް ވަނިން. އެތަނުގައި އަޅުކަން ކުރަން ތިބި މީހުން އަހަރެން ފެނިފަ ވަރަށް ހައިރާންވި. އަހަރެން އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކު ކަމުގައިވީ އެދުވަހު" ޚަދީޖާ ބުންޏެވެ.

ހަ ކުދިންގެ މަންމައެއް ކަމުގައިވާ ޚަދީޖާ ބުނީ ނަޞާރާ ދީން ދޫކޮށް، އިސްލާމްދީން ޤަބޫލު ކޮށްފިކަމުގެ ޚަބަރު އޭނާގެ އެކުވެރިިންނަށް ދިނުމުން، އޭނާއަށް މީހަކު ވަސްވާސް ލާދިނީތޯ އެމީހުން ސުވާލުކޮށް ވަރަށް ފާޑުކީ ކަމަށެވެ.

"އަހަރެން މިހާރު އެވާހަކަ އެކަކާވެސް ޙިއްސާއެއް ނުކުރަން. އެމީހުން ޤަބޫލުކުރާ އެއްޗަކާ އަހަރެން ނުބެހެން އެހެންކަމުން އަހަރެން ޤަބޫލުކުރާ ކަންކަމާ އެހެން މީހުންވެސް ނުވާނެ ބެހިގެން" ޚަދީޖާ ބުންޏެވެ.

އެތައް ރެކޯޑްތަކެއް ހަދާފައިވާ ޑިރިލީޝް އެރްތޫރޫލް ސީރީއަސްއަކީ 13 ވަނަ ޤަރުނުގެ ކަންކަން ދައްކައިދޭ ސީރީސް އެކެވެ.

Ads by Ooredoo
  1. ޔާސީން

    ޙަމްދުﷲ. ޢިސްލާމްދީނުގެ މަތިވެރިކަމާއި ﷲގެ ހިދާޔަތު ދެއްކެވި ކަމށްޓަކައި ﷲއަށް ޙަމްދު ހުއަޓެވެ.

  2. ހިލަބެ

    މާތްﷲ ޚަދީޖާއަށް ސާބިތުކަން މިންވަރުކުރަެްވާށި އާމީން