ސިޔާސީ

މަލީހު ރައީސް ޞާލިޙަށް: ރައީސް ޔާމީންގެ އަރިހުން ޓިއުޝަން ނަންގަވާ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު--

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިހުން "ޓިއުޝަން" ނެންގެވުމަށް، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ގޮވައިލައްވައިފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ ވެރިކަމުގައި "ހިޔާ" މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން، މާލެ ސަރަހައްދުގެ ކުލި ކުޑަވާން ފަށާފައިވާ ކަމަށް ބުނެ، ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ހިއްސާ ކުރައްވައި މަލީހު ވިދާޅުވީ "ހޮޅި" ވާހަކަ ދެއްކެވުމަށް، ރައީސް ޞާލިޙު ފުވައްމުލަކަށް ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަަމަށެވެ.

"ރައީސް ޔާމީން އަރިހަށް ޓިއުޝަން ނަންގަވަން ވަޑައިގަންނަވާ. އެނގުމާއި ނޭނގުން އެއްވަރު ނުވާނެ." މަލީހު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ކުލި ކުޑަ ކުރުމާ ގުޅޭ ގޮތުން، މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ކުލި ކުޑަ ކުރުމަކީ ގާނޫނެއް ނުވަތަ ގަވާއިދަކުން ކުރެވޭނެ ކަމެއް ނޫން ކަަމަށާއި، އެކަަމަށް ޓަކައި ކުރަންޖެހޭނެ ކަމަކީ ފްލެޓްތައް އަޅައިގެން، ކުއްޔަށް އޮންނަ ޑިމާންޑް ކުޑަކުރުން ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށައިފައިވާ އިރު، މާލެ ސަރަހައްދުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލީގެ އަގަށް ވަނީ ވަރަށް ބޮޑަށް ބަދަލެއް އައިސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!