ޚަބަރު

ރާއްޖޭގައި އުޅޭ 45 ބިދޭސީއެއް ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި އުޅޭ 45 ބިދޭސީއެއް ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން ވިދާޅުވީ އެ ބިދޭސީންނަކީ އިމިގްރޭޝަންގެ ކުށްކުރާ ފަރާތްތައް ކަމަށާއި، އެމީހުންގެ ލިސްޓު އާންމުކުރާތާ 7 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަންގެ ބިދޭސީ މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ޑިވިޝަން އަށް އޮފީސް ގަޑިތަކުގައި ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ބިދޭސީ މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ޑިވިޝަން ހުންނަނީ މ.އޯކިޑް ބިލްޑިންގ، އޯކިޑްމަގުގައެވެ.

ހޯދަން އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 37 ފިރިހެނަކާއި 8 އަންހެނުންނެވެ.

މި މީހުންގެ ތެރޭގައި ބަނގްލަދޭޝް، އިންޑިއާ، ތައިލެންޑް، ނައިޖީރިއާ، އިޓަލީ، އިނގިރޭސި ވިލާތް، ސްރީ ލަންކާއާއި ފިލިޕިންސްގެ އިތުރުން އިތިއޯޕިއާގެ މީހުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!