އަފްޣާނުގައި އަންހެން ކުދިން ކިޔެވުން އަނެއްކާ ވެސް މަނާކޮށްފި
އަފްޣާނިސްތާނުގައި ހަތް މަސް ދުވަހަށް ފަހުގައި، އަންހެން ކުދިންގެ ސްކޫލްތައް ހުޅުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ސްކޫލުތައް ބަންދު ކުރުމަށް، އެގައުމުގެ ވެރިކަން ކުރާ ތާލިބާނުންގެ ސަރުކާރުން އަންގައިފިއެވެ.
ތާލިބާނުންގެ މި ނިންމުމާ އެކުގައި އަފްޣާނުގައި ގްރޭޑް 6އިން މަތީގެ އަންހެން ދަރިވަރުންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ.
އަފްޣާނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުދަ ދުވަހު ނެރުނު އެންގުމެއްގައި ބުނީ، އިސްލާމީ ޝަރީއަތާއި އެގައުމުގެ ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން އަންހެން ދަރިވަރުންނަށް ކިޔަވައިދެވޭނެ ގޮތެއް ރޭވެންދެން، އަންހެން ކުދިންނަށް ސްކޫލްތައް ބަންދުވާނެ ކަމަށެވެ.
ތާލިބާނުންގެ މި ނިންމުމާ އެކުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި، ތާލިބާނުންނަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
1966ވަނަ އަހަރުން ފެށިގެން 2001ވަނަ އަހަރަށް ތާލިބާނުން އަފްޣާނުގައި ވެރިކަން ކުރިއެވެ. އެ ފަހަރު ވެސް އަންހެން ކުދިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުން މަހުރޫމް ކުރިއެވެ. އެހެން ނަމަވެސް މިއަހަރުގެ އޯގަސްޓްމަހުގައި، އަލުން ވެރިކަން ލިބުމުން އެ ޖަމާއަތުން ވަނީ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ދޭނެ ކަމަށް ވައުދުވެފައެވެ.
ދޮގު ހަބަރު ނުފެތުރން އެދެމެވެ. އަފްޣާނުގައި އަންހެން ކުދިން ކިޔެވުން މަނަ ނުކުރޭ. ނަމަވެސް ބާލިޣު ވެފައިވަ އަންހެން ކުދިން އިސްލާމީ އުޞޫލުތަކުގެ ތެރެއިން އަންހެން މުދައްރިސުން ލައްވާ ފިރިހެނުންނާ މަސްހުނި ނުވާ ގޮތަށް ރައްކާތެރި ފިޔަވަޅު އަޅަންވެގެން އެއިންތިޒާމް ހަމަޖައްސަންދެން ކިޔެވުން މެދުކަނޑާލީ.
ތައުލީމު ލިބެންޖެހޭނެ. އެކަމުގައި ޕާކިސްތާނާ އަފްޣާނުގަ ހުރަހެއް ނެތް. ހުޅަނގު އެހަދަނި ދޮގު. އިސްލަމީ ދުނިޔޭން ފާޅުވި އެކްޓިވިސްޓު މަލާލާ އަކީ ތަހުޒީބީ ހުޅަނގުގެ ތާއީދު ލިބިފަވާ މީހެއް. ޔޫއެސް ޖަސްޓިސްއިން މަލާލާއަށް ފަންޑު ކޮށްދެނީ ސަބަބެއް އޮތީމަ. ހުޅަނގުގެ ޑިމޮކްރަސީއަށް ވަކާލާތުކުރާ ޖަމާޢަތްތަކުން މަލާލާގެ ބޭނުން ކުރަނީ އިސްލާމްދީނުގެ އިން ފަހަނައަޅައި މަލާލާ ލައްވާ ހައްގުގެ ނަމުގަ ހުޅަނގުގެ ޕްރޮޕެގެންޑާ އަށަގެންނެވުމަށް. ޕާކިސްތާނާ އަފްޣާނުގައި އަންހެންކުދިން ރައްކާތެރިކަމާއެކީ/މީހަކާ އިންނަންދެން ހަށިގަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށްފަ ބެހެއްޓުމަށްޓަކައި ވަރަށް މަސައްކަތްކުރޭ. އެކަމާ ދެކޮޅަށް އަންހެނުންގެ ހައްގޭ ކިޔައި ހުޅަނގުން ވަކާލާތު އެކުރަނީ. ޕާކިސްތާނާ އަފްޣާނުގައި އެއްޖިންސުން ގުޅުން ހިންގާނަމަ އެމީހަކަށް މަރުގެ އަދަބު އޮވޭ. ނަމަވެސް ހައްޤޭ ކިޔައި ތި ވަކަލަތުކުރާ ގައުމުތަކުގަ އެމެރިކާ ކެނެޑާ, ޑެންމާކު, ފުރާންސް, ސްޕޭނު އިގިރޭސިވިލާތް އަދި ޖަރުމަނު ފަދަ (މިހެންގޮސް އދ.ގެ 30 ގައުމެއްގަ) އެއްޖިންސުން ގުޅުން ހިންގުން ގާނޫނީގޮތުން އޮންނަނީ ހުއްދަ ކޮށްފަ. ސަބަބެއްކަމަށް ދައްކަނީ އެންމެ ކުރިއްސުރެ އެއް ފޮތެއް އެއް ސިލަބަހެއް ޝެއަރ ކޮށް އެއް ކުލާސްރޫމެއްގެ ތެރޭގައި އެއް ހެދުމެއްގައި ކިޔަވާއިރު އެއީވެސް ހައްގެއް ކަމަށްށާ ވީމާ ޖަޒުބަތީ ފިތުރަތް އުފެދެނީވެސް އެގޮތަށް މަސްހުނިވެ އެކިގައި އުޅެވުނީމަ ކަމަށް ވާތީ ޖިންސީ ގުޅުމުގެ އުފާ ލިބުމަކީވެސް ހައްގެއް ކަމަށް ބުނެ. އާދެ. މިއީ ވަރަށް ދުރާލާ ހުޅަނގުން މުސްިމުންގެ ތައުލީމީ ނިޒާމަށްވެސްގެންނަންއުޅޭ ބަދަލެއް. މިބަދަލު އަންނަން ފެށުމާއެކު އެންމެ ޚާއްޞަ ކަމަކަށް ވާނީ ހަށިގަނޑުގެ ބައްޓަން އެނގޭ ކަހަލަ ހެދުންތައް ޢައްމުވެ އޭގއ ބޭނުން ކުރަން ފެށުން. މިކަމުގެ ނަތީޖާއަކީ ޓީޗަރުންވެސް ދަރިވަރުންނާ ބެހޭ މަންޒަރުތައް ތިލަވާން ފެށުން. ރޭޕްކުރުމާ އަންހެންކުދިންގެ އިއްފަތްތެރިކަން ގެއްލެން ފަށާނެ. އަންހެންކުދިން ސގިރޭޓް ބުއިމާ ފަތްބުއިމަށް މަގުދައްކާނެ. އަފްޣާނިސްތާނުގައި މިކަންތަކާ ދެކޮޅަށް ވަކާލާތު ކުރޭ. އެހެންވެ , ސްކޫލްތަކުގައި ފަރުދާކުރެވެން ނެތީމަ, އެކަން ހަމަޖެހެންދެން ބާލިޣުވެފައިވާ އުމުރުގެ ކުދިންގެ ކިޔެވުން މެދުކަނޑާލި. މިފަހުން ތޯލިބާން ވެރިކަމާ ހަވާލުވިއިރު ސްކޫލްތައް ހުރީ 2 ޖިންސު މަސްހުނިކޮށް ކިޔެވޭ ގޮތަށް ހޯލު ތަކެއްހެން ހަދާފަ. ފާޚަނާތައްވެސް ހުރީ އަންހެނުންނާ ފިރިހެނުން މަސްހުނިވާ ގޮތަށް. މިގޮތަށް ބަހައްޓައިގެން ފުރާ އުމުރުގެ ކުދިންނަށް ކިޔަވައިދޭނަމަ އެތަނެއް ހަލާކުވެގެން ދާނެ. އދ ގެތަފާސް ހިސާބުތަކުން އެގެން އޮތީ އަފްޣަނިސްތާނުގަ ރޭޕް ކޭސް އުޅެނީ0.0000064 ޕަސަންޓުގައި. ހާދަ މަދު ޕަސެންޓެކޭ ދޯ. 240 ކުދިން މުޅިއެކު. ގިނަ އަންހެނުން/ކުދިންގެ އިއްފަތްތެރިކަން ނަގާލީ އެމެރިކާ ސިފައިން. އެގައުމުގެ އާބާދީ 38 މިލިއަނުން މަތީގަ.
ދެން ބަލަމާ އަންހެނުންގެ ހައްގުތަކޭކިޔާ ގައުމުތައް. އޮސްޓްރޭލިއާގެ 91.92 ޕަސަންޓް އަންހެނުން/އަންހެން ކުދިން ވަނީ އިއްފަތްތެރިކަން ގެއްލިފަ. ސްވިޑްން ގެ 64 ޕަސަންޓް އަދި 2010 ވަނަ އަހަރުގެ އެމެރިކާ ރެކޯޑް ކުރެވިފަވަނީ 27.3 އިންސައްތަ. އެއީ 84،767 އަންހެނުން/އަންހެންކުދިންގެ އިއްފަތްތެރިކަން ނަގާލި ކަމަށް.
އެހެންވީމަ އަންހެނުންގެ ހއްގުތަކުގަ ސެލިއުޓް ނެގުން ހައްގީ ކޮންބަޔަކަށްބާ؟ މުސްލިމު ގައުމު އަފްޣާނިސްތާނަށް ދޯ.
ނުކިޔެވެންޏާމު މަށާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެން އަންނަންވީނު، މަމިހުރީ އިންނާނެ ދިވެހި އަންހެންކުއްޖަކު ނުލިބިގެން…