ޚަބަރު

ސްޓެލްކޯއަށް ސައިބަރ ހަމަލާއެއް، ބައެއް ޚިދުމަތްތަކަށް ބުރޫއަރައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސްޓެލްކޯގެ ސިސްޓަމަށް ރެންސަމްވެއާ ހަމަލާއެއް ކުރިމަތިވުމާ އެކު، އެ ކުންފުނީގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

Ads by STELCO

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ސިސްޓަމަށް ރެންސަމްވެއާގެ ހަމަލާއެއް ކުރިމަތިވީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، ހަމަލާއާ ގުޅިގެން ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.

އެގޮތުން މެދުކެނޑުނު ހިދުމަތްތަކުގެ ތެރޭގައި، ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން، މޮބައިލް އައުޓްލެޓްތައް، އަދި ކައުންޓަރުތަކުން ދެމުން އައި ހިދުމަތްތައް ހިމެނެެއެވެ.

މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި ކައުންޓަރުތައް މެދުވެރިކޮށް ދެމުން އައި ޚިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް އަދިވެސް އިތުރު ވަގުތު ނަގާނެކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެއެެވެ.

Ads by Ooredoo
  1. ޜައްޒާޤް

    މިދުވަސްކޮޅު އެންމެ ރަގަޅުވާނީ ހުރިހާ ބަެފުޅުންވެސް ކޭސް ކައުންޓަރަށް ގޮސް ޕޭމަންޓް ދެއްކިއްޔާ

  2. ވަގުން ވައްގަޑުން ވައްކަން ކުރަން ރޭވި ރަގަޅު ރޭވުމެއް، އެންމެ ގިނަ ފައިސާ ވަންނަ ކައުންޓަރުތަކުން !