ޚަބަރު

މެދުކެނޑުނު ބައެއް ޚިދުމަތްތައް ހެޑް އޮފީހުން ލިބޭނެ: ސްޓެލްކޯ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު

މެދުކެނޑިފައިވާ ސްޓެލްކޯގެ ހިދުމަތްތައް އަލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Hajj Corporation

ސްޓެލްކޯގެ ސިސްޓަމަށް ރެންސަމްވެއާ ހަމަލާއެއް ކުރިމަތިވުމާ އެކު، އެ ކުންފުނީގެ ބައެއް ޚިދުމަތްތަކަށް ވަނީ ބުރޫ އަރައިފައެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ، އެ ކުންފުނީގެ ސިސްޓަމަށް ރެންސަމްވެއާގެ ހަމަލާއެއް ކުރިމަތިވީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، ހަމަލާއާ ގުޅިގެން ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.

މިކަން ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބުނީ، ރެންސަމްވެއަރ އެޓޭކާ ގުޅިގެން މެދުކެނޑިފައިވާ ޚިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

"މިގޮތުން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް މިހާރު ވަނީ އަޅުގަނޑުމެންގެ ހެޑް އޮފީހުން ހަމަޖެހިފައި." ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން މިކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުން އައި ޚިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!