ޚަބަރު ސަރުކާރު

ފެނަކަ އޮފީހުގައި ކެމްޕެއިން ކުރި މައްސަލައިގައި މޫސަ , ފައްޔާޒުގެ ދިފާއުގައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވެވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން، މޫސާ މަނިކު , އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ފައްޔާޒު އިސްމާއީލު ދިފާއު ކުރައްވައިފިއެވެ.

Ads by Hajj Corporation

މޫސަ މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލައިދޭން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ގޮވައިލުމުންނެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުގެ ފާޑުކިޔުން ވަނީ ފައްޔާޒަށް އަމާޒުވެފައެވެ.

އެހެންވެ، ފައްޔާޒުގެ ދިފާއުގައި ނުކުންނަވައި، މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ މައްސަލައެއް ބަލާ ނަމަ، ބަލަން ޖެހޭ މައްސަލަތައް އެބަހުރި ކަމަށެވެ.

އެގޮތުން ރައީސް އޮފީހުގައި ޑީއާރްޕީގެ ކައުންސިލު ޖަލްސާ ބޭއްވެވި ކަމަށާއި، ރައީސް ނަޝީދު އާންމުކޮށް މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތައް ބޭއްވެވިކަން ފާހަގަކުރެއްވިއެވެ.

"ރައީސް ވަހީދު، ޕާޓީގެ ހުރިހައި ޖަލްސާއެއް ރައީސް އޮފީހުގައި ބޭއްވި. ޕީޕީއެމް ކައުންސިލް ޖަލްސާ މުލިއާގޭގައި ބޭއްވި. ފެނަކަ އޮފީހުގައި ކެމްޕެއިން ޖަލްސާއެއް ބާއްވައިގެން ނީސްތައްޓަށް އަރައިގެން އުޅޭތީ." އޭނާ ވިދާޅުވިއެެވެ.

ފެނަކައިގެ އޮފީހުގައި ފައްޔާޒުގެ ކެމްޕެއިން ބައްދަލުވުމެއް ބޭއްވުމާ ގުޅިގެން އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ފައްޔާޒުގެ ކެންޕޭން ބައްދަލުވުމެއް ބާއްވައިފައިވާ މައްސަލަ ބަލައި، ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމަށް އިމްތިޔާޒް ފަހުމީގެ ކެންޕެއިން ޓީމުން ދިވެހި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުންނާއި، އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށް ގޮވައިލާ ކަމަށެވެ.

Ads by HDC
  1. ޝަރީފް

    ޜީކޯ މޫސައާއި ބެހެވޭ ކަމެެއްތަ؟ މީނައަކީ އެޕާޓީ މީހެއްބާ