"ރައީސް ނަޝީދުގެ ގޭ ގޯޅިގަނޑޭ ކިޔައިފައި ވާހަކަ ދައްކަނީ، އަނެއްކާ ގޮއްވައިލާނެ ޖާގަ ހަދަންތޯ؟"

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިިއުޅުއްވާ ގެކޮޅު ހުންނަ ގޯޅިތެރެއާ ބެހޭ ގޮތުން ގިނަ ޝަކުވާތަކެއް ފެންމަތިވަމުން އަންނަނީ، އަނެއްކާ ވެސް އެ މަނިކުފާނު "ގޮއްވައިލާނެ" ޖާގަ ހޯދަންތޯ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ އަމިއްލަ ގެކޮޅު ހުންނަ ނީލޯފަރު ހިންގުމަކީ ޗާންދަނީ މަގުގެ އިރުން، އެންމެ ފަސޭހައިން ވެހިކަލްތަކަށް މަޖީދީމަގަށް ނިކުމެވެން އޮންނަ މަގުކަމަށް ވެފައި، އެހެން ނަމަވެސް މިހާރު އެ މަނިކުފާނު ކެނެރީގޭގައި އުޅުއްވާއިރު އެ މަގުން އާންމުންނަށް ދަތުރެއް ނުކުރެވެއެވެ. އެގޮތުން ކިތަންމެ ގިނަ ވަގުތެއް ހޭދަވިޔަސް، ރައީސް ނަޝީދު ކެނެރީގޭގައި އުޅުއްވާ ވަގުތުތަކުގައި، އެ މަނިކުފާނުގެ ސެކިއުރިޓީއަށް ޓަކައި، އެ މަގުގެ ވަންނަ ކޮޅު އޮންނަނީ ޓޭޕް ދަމައި ބަންދުކޮށްފައެވެ.
އެނގިފައިވާ ގޮތުުގައި ނީލޯފަރު ހިނގުން އާންމުކޮށް ބަންދުކުރަނީ މެންދުރު އެންމެ ޓްރެފިކް ބާރު ބޮޑުވާ ގަޑީގައެވެ. އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިވެ، ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެކަން ބައެއް މީޑިއާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.
މިފަދަ ޝަކުވާތަކާ ގުޅިގެން އީވާ މިއަދު ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވައިފައި ވަނީ އެމްޑީޕީގެ އިންތިޚާބުތެރޭގައި ތަފާތު އެކި ނޫސްތަކަށް ކުއްލިއަކަށް ރައީސް ނަޝީދު ގޭ ގޯޅިގަނޑޭ ކިޔައިފައި ސުރުޚީއެއް ލިޔަން ޖެހުނީ، ޝަކުވާއޭ އުނދަގުލޭ ކިޔައިގެން ވެސް އަލުން ސެކިޔުރިޓީ ހަނިކުރަންތޯއާއި އަނެއްކާ ގޮއްވައިލާނެ ޖާގަ ހަދަންތޯއެވެ.
ގަންޖާ ކުރެން އަހާބަލަ. އޭނަ ރޭވި ޑްރާމާއެއްނު ކުރިންވެސް އެއީ. އަނެއްކާ އަނެއް ޑްރާމާ ރާވަނީތަ؟ ދައުލަތަށާއި ރައްޔިތުންނަށް ޖެހިފަ އޮތް މުސީބާތެއްނު.