އުރީދޫ ރޯދަ ކެމްޕެއިން މި ފަހަރު ޚާއްސަކުރީ ކަނޑޫދޫ މިރުހަށް
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޙާއްޞަ ކެމްޕޭނެއް ތައާރަފުކުރެއެވެ. ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާ އެކު އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާ އެކުއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު އުރީދޫގެ ރޯދަ ކެމްޕެއިން ވަނީ ހާއްސަ ރަހަތަކުން ފުރިފައެވެ. މި ކެމްޕެއިން ޚާއްސަކުރެވިފައި ވަނީ ދިވެހިންގެ ހިތްތަކުންނާއި ބަދިގެތަކުން ޖާގަ ހޯދައިފައިވާ ކަނޑޫދޫ މިރުހަށެވެ.
މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށެވެ. ކެމްޕޭން މިއަދު އިފްތިތާހުކޮށްފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އަފްޝަން ލަތީފާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލްޙަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ ޢިއްޒަތްތެރި މެހެމާނުން ބައިވެރިވި ޚާއްޞަ ހަފްލާއެއްގައެވެ.
ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ ގުޅިގެން އުރީދޫގެ ރަމަޟާން ކެމްޕެއިންގެ ދަށުން މި މިރުހަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސްއާއި ހާއްސަ ލޯގޯއާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމްކޮށްފައި ވަނީ ކަނޑޫދޫގެ ރައްޔިތުން އައު ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ. ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއް ވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައި ވަނީީ ކުޅިރަހަ މަޑުކޮށް ކާ މީހުންނަަށް ވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށް ވެސް ކަމުދާނެހެންނެވެ.
ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާތްތަކަަށް ކަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމަރސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.
"މިއަހަރުގެ ރަމަޟާން މަހަށް އަަޅުގަަނޑުމެންް މިވަަަނީ ކަނޑޫދޫ ކައުންސިލާ ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެއާއި ބައިނަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްރޭންޑްއެއް ގާާއިމްކޮށްފައެވެ. އަަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކަށްވީ ކަަނޑޫދޫގައި ހެދޭ މި ހާއްސަ މިރުހުގެ ފުރިހަމަ މަންފާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަތުތަކާ އެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމެވެ. މި ޕަަރޓްނަރޝިޕާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ކަނޑޫދޫ ރައްޔިތުންނާާ އެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަން އަަރުވަމެވެ." މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.
"އުރީދޫގެ އިސްނެގުމުގެ ދަަށުން މިއަަދު މި ލޯންޗްކުރެވުނު ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް. އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލުން ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދައްކުވައިދޭ ނަމޫނާ ޕަރޓްނަރޝިޕެއް." ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އަފްޝަން ލަޠީފް ވިދާޅުވިއެވެ.
"އުރީދޫ ފަދަ މަލްޓިނޭޝަނަލް ކުންފުންޏެއްގެ އިސްނެންގެވުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓް ކުރުމުގެ ކެމްޕެއިންއެއް ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ، އަޅުގަނޑުމެން އުފަލާ އެކު މަރުހަބާކިޔާ ކަމެއް. މިކެމްޕެއިންގެ ތެރެއިން ކަނޑޫދޫ މިރުހުން އުފައްދައިފައިވާ ސޯސްއެއް ‘ކަނޑޫދޫ މިރުސްގެ’ ނަމުގައި ވަނީ މާކެޓަށް ނެރެވިފައި. އަދި މި ސޯސްއާއި ކަނޑޫދޫ މިރުސް މާކެޓް ކުރުމަށް ޓަކައި، ކަނޑޫދޫ މިރުސް.ކޮމްގެ ނަމުގައި ހާއްސަ ވެބްސައިޓެއް މިވަނީ ލޯންޗް ކުރެވިފައި. މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާއާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މި ނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާތަކަކީ ކޮބައިތޯ ހޯދާ ބަލައި، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން." ކަނޑޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރީހާން ވިދާޅުވިއެވެ.
2001ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހައާއި ވަސް އަދި ހާއްސަަ ކުޅިކަމަަށް ޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައި ވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދައިފައެވެ. ކަނޑޫދޫ މިރުހަކީ ތ.އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ.
މުޖުތަަަމަައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑްކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫ މޯލްޑިވްސްއިން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށައިފައި މިވަނީ ކަނޑޫދޫ މިރުސް އަައު ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައެވެ.