ދެން ރެސިޕީ | ބަނާނާ ޕުޑިން

ބޭނުންވާ ތަކެތި:
2 ޖޯޑު ކިރު
1/4 ޖޯޑު ހަކުރު
2 ބިސް
3 މޭޒުމަތީ ސަމްސާ ކޯން ފްލޯ
1 ސައިސަމުސާ ވެނީލާ އެސެންސު
1/4 ސައިސަމުސާ ލޮނު
2 ބޮޑު ދޮންކެޔޮ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވަޔަށް ހަކުރު، ކޯންފްލަރ، ލޮނު، ކިރު، އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ގާތްގަޑަކަށް 8/6ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ. އެއަށް ފަހު ވެނީލާ އެސެންސް އަޅައިލާށެވެ.
އެ ސޯސްގަނޑަށް 1 ދޮންކެޔޮ ޗަސްކޮށްފައި އަޅާށެވެ.
ތަށިތަކަށް އެޅުމަށް ފަހު ފިނި ކުރަން 30 ވަރަކަށް މިނެޓު ވަންދެން ފްރިޖްގައި ބަހައްޓާލާށެވެ. ފިނިވުމުން ނަގައި މަތީގައި ދޮންކެޔޮ ސްލައިސް ކުރުމަށް ފަހު ބަހައްޓާލާށެވެ.