ބޮޑު އިނާމަކަށް އައިފޯން 13ޕްރޯއެއް ލިބޭ ޚާއްސަ ރޯދަ ކުއިޒެއް އުރީދޫން ފަށައިފި

ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށް އުރީދޫ މޯލްޑިވްސްއިން މި ރަމަޟާން މަހަށް ޚާއްސަކޮށް ކުއިޒެއް މިއަދު ފަށައިފިއެވެ.
ރޯދަ ކުއިޒްގެ ފުރަތަމަ ސުވާލު ޓްވިޓާ މެދުވެރިކޮށް އުރީދޫން މިއަދު ވަނީ ހިއްސާކޮށްފައެވެ. މި ކުއިޒަކީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު އޮންނަ ކުއިޒެއް ކަމަށާއި އެގޮތުން ކުއިޒްގެ ސުވާލު އުރީދޫގެ މީސްމީޑިއާ އެކައުންޓުތަކުގައި ޕޯސްޓު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ސުވާލަށް ޖަވާބު ދޭން ޖެހެނީ #OoredooRoadhaQuiz ޖެހުމަށް ފަހުގައެވެ. ކުއިޒްގެ އެ ހަފްތާއެއްގެ ސުވާލުގެ ޖަވާބު އޭގެ އަނެއް ދުވަހުގެ ރޭ 11:30ގެ ކުރިން ޕޯސްޓު ކުރަން ޖެހެއެވެ.
މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ރަނގަޅު ޖަަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނެގުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް ގެލެކްސީބަޑްސް ލައިވްއެއް ލިބެއެވެ. އަދި އެންމެ ގިނަ ސުވާލު ދިމާކުރާ ނަސީބުވެރި ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.