ރެސިޕީ

ދެން ރެސިޕީ | ބާގާ ބަންސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމްސާ އީސްޓް

Ads by WAMCO

1 ޖޯޑު ހޫނު ފެން

1/3 ޖޯޑުު ތެޔޮ

1/4 ޖޯޑު ހަކުރު

1 ބިސް

1 ސައި ސަމްސާ ލޮނު

3 ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ބޯތަށްޓަކަށް އީސްޓު އަދި ހޫނު ފެން އަޅާލާށެވެ. ދެން ތެލާއި ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު 5 ވަރަކަށް މިނެޓު ވަންދެން ބަހައްޓާލާށެވެ.

5 މިނެޓު ފަހުން އެއަށް ބިހާއި ލޮނު އަޅައި އެއްކޮށްލާށެވެ. އަދި ފުށް އަޅައި ރަނގަޅަށް މޮޑެލާށެވެ. 3 ނުވަތަ 5 މިނެޓު ވަންދެން ވަރަށް ރަނގަޅަަށް ފުށްގަނޑު މޮޑެލާށެވެ.

ފުށްގަނޑު ރަނގަަޅަށް މޮޑެ ނިމުމުން 8 ބަޔަށް ބަހައިލާށެވެ. ދެން ކޮންމެ ބައެއް ވަކިން ނަގައި ވަށް ކުރުމަށް ފަހު ޓްރޭގައި ތަންކޮޅެއް ދުރުދުރުގައި އަތުރައިލާށެވެ. އޭގެ މަތީގައި ފޮތިގަނޑެއް ބާއްވާލުމަށް ފަހު 10 މިނެޓު ވަންދެން ބަހައްޓާށެވެ.

10 މިނެޓު ވުމުން ފޮތިކޮޅު ނަގައި ބިސް ކޮޅެއް ކޮންމެ ފުށްކޮޅެއްގައި ވަކިން ހާކާލާށެވެ. ބިސް އުނގުޅައި އޭގެ މައްޗަށް ސެސަމީ ސީޑް ކޮޅެއް ބުރުވާލާށެވެ.

ދެން އަވަނުގައި 8،10 މިނެޓު ވަންދެން ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!