ރެސިޕީ

ދެން ރެސިޕީ | ޑޯނަޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

  • 4 ޖޯޑު ފުށް
  • 2 ސައިސަމުސާ ބޭކިން ޕައުޑަރ
  • 2 ބިސް
  • 2/3 ޖޯޑު ކިރު
  • 1/2 ސައި ސަމްސާ ލޮނު
  • 11/4 ޖޯޑު ހަކުރު
  • 1 ސައި ސަަމުސާ ވެނީލާ އެސެންސް
  • 1/4 ޖޯޑު ބަޓަރ
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ވެނީލާ އެސެންްސް އެއްކޮށްލާށެވެ. ދެން ބަޓަރު ކޮޅު މެލްޓް ކޮށްލާފައި ހުރިހާ ތަކެތި އެއްކޮށް މޮޑެލާށެވެ. އެއްކޮށްލުމަށް ފަހު 2 ގަޑިއިރު ވަންދެން ފުށްގަނޑު ކަވަރ ކޮށްފައި ބަހައްޓާށެވެ. އެއަށް ފަހު ޑޯނަޓް ބައްޓަމަށް ހަދައިފައި ތެލުލާށެވެ. އޭރުން އެ ހުރީ ޑޯނަޓް ތައްޔާރު ވެފައެވެ.

Ads by Sosun Fihaara

ޑޯނަޓްތައް ހިހޫވުމުން މަތީގައި ހާކާލަން ބޭނުންވާ ކްރީމް ހާކާލާށެވެ. ބޭނުން ނަމަ ޗޮކްލެޓް މެލްޓް ކުރުމަށް ފަހު ހާކާލެވިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!