ރެސިޕީ

ދެން ރެސިޕީ: ޗީޒީ ޓޫނާ ހޮޓް ޑޯގް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

10 ހޮޓް ޑޯގް ބަން

Ads by WAMCO

1 ހިކަނދި ފަތް (ހިމުންކޮށް ކޮށާފައި)

1 މިރުސް (ކުޅިމިން ބޭނުންވާވަރަށް ކޮށާފައި)

2 ފިޔާ

ޗީޒް (ބޭނުންވާ މިންވަރަކަށް)

ލޮނު، އަސޭމިރުސް

1 މަސްދަޅު

1 ސަމްސާ ޓޮމާޓޯ ޕޭސްޓް

1 ސަމްސާ އޮއިސްޓަރ ސޯސް، ޗިލީ ސޯސް، ސޮޔާ ސޯސް

ތައްޔާރުކުރާނެ ގޮތް:  

ތަވާ އުނދުން މައްޗަށް އުނދާފައި ހޫނުކޮށްލުމަށް ފަހު ތެޔޮފޮދު އަޅައިލާށެވެ. ތެޔޮ ހޫނުވީމަ ކޮށާފައި ހުރި ފިޔާ،މިރުސް، ހިކަނދިފަތް، ލޮނު އަދި އަސޭމިރުސް އަޅައި މީރު ކޮށްލާށެވެ. ފިޔާ މީރުވުމުން މަސް އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު ޓޮމާޓޯ ޕޭސްޓް، އޮއިސްޓަރ ސޯސް، ޗިލީސޯސް، އަދި ސޮޔާ ސޯސް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މަސްގަނޑު ތައްޔާރުކޮށް ނިމުމުން ބަނަސްތައް ނަގައިމެދުން ދިގަށް އެއްކޮށް ވަކި ނުވާ ގޮތަށް ފަޅައިލާށެވެ. އަދި ފަޅާފައި ހުރި ތަނަށް މަސްއަޅައިލާށެވެ. އެއަށް ފަހު ރީތިކޮށް ޓްރޭއެއްގައި އަތުރާލުމަށް ފަހު އޭގެ މައްޗަށް ޗީޒް ކޮޅުއަޅައިލާށެވެ. އަދި އަވަނަށް ލައި ކުޑަކޮށް ހޫނުކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!