ދެން ރެސިޕީ | ޗޮކްލެޓް ބޯލްސް

ބޭނުންވާ ތަކެތި:
1 ޗޮކްލެޓް ކޭކް ފުށް ޕެކެޓް
3 ބިސް
1/2 ޖޯޑު ތެޔޮ
1 ޖޯޑު ފެން
1/2 ޖޯޑު ކުކިން ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސް، ތެޔޮ، ފެން އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ދެން ކޭކް މިކްސް ޕެކެޓް އެޅުމަށް ފަހު އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ.
ރަނގަޅަށް އެއްކޮށް ނިމުމުން ޓްރޭއެއްގައި ތެޔޮ އުނގުޅައިލުމަށް ފަހު ޓްރޭއަށް އަޅާށެވެ. ދެން އަވަނުގައި ފިހެލާށެވެ. ފިހަން އަވަނަށް ލުމަށް ފަހު އުލެއް ބޭނުންކޮށްގެން ކޭކު ރޯފިލައިފިތޯ ބަލާށެވެ. ނިމުމުން ހޫނުކޮށް ހުއްޓާ ނަގައި ބޯތައްޓަކަށް އެޅުމަށް ފަހު ހޭންޑް މިކްސްއަކުން އެއްކުރާށެވެ. އޭގެ ތެރެއަށް ޑާކް ޗޮކްލެޓް ކޮޅެއް މެލްޓްކުރުމަށް ފަހު އަޅާށެވެ. ރަނގަޅަށް އެއްކޮށް ނިމުމުން އަތުން ވަށްކޮށް ހުންނަ ގޮތަށް ބޯލްސް ހަދާށެވެ.