ދެން ރެސިޕީ | ތަންދޫރީ ޗިކަން

ބޭނުންވާ ތަކެތި:
500 ގ. ބޯންލެސް ޗިކަން (ކޮށާފައި)
2 މޭޒުމަތީ ސަމްސާ ތަންދޫރީ ޕޭސްޓް
2 ލޮނުމެދު (ޗަސްކޮށްފައި)
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
½ 1 ސައި ސަމްސާ ގަރަމް މަސާލާ
½ 1 ޖޯޑު ޕްލެއިން ޔޯގަޓް
ތައްޔާރުުކުރާނެ ގޮތް:
ތައްޓަކަށް ތަންދޫރީ ޕޭސްޓް، ލޮނުމެދު، ލުނބޯ ހުތް، ގަރަމް މަސާލާ، އަދި ޔޯގަޓް އެޅުމަށް ފަހު އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓައިލާށެވެ.
އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށް ފަހު 40-30 މިނެޓް ވަންދެން މި ކުކުޅުކޮޅުތައް އަވަންގައި ފިހެލާށެވެ.