ދެން ރެސިޕީ | ޗޫރޯސް

ބޭނުންވާ ތަކެތި:
250ގ ބަޓަރ
250ގ ފުއް
6 ބިސް
225 އެމް.އެލް ފެން
½ ސައިސަމުސާ ލޮނު
ތެޔޮ (ތެލުލެވޭވަރު)
މުގުރި ފޮނިތޮށި(3 ސަމްސާ)
ހަކުރު ( 3 ސަމްސާ)
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފެން އަޅައިފައި ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން ބަޓަރކޮޅު އަޅާފައި ދިޔާކޮށްލާށެވެ. ދެން ފުށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލުމަށް ފަހު އުނދުންމަތިން ބާލާށެވެ. ކުޑަކޮށް ހިހޫވުމުން ބިސް ގިރައިފައި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވާއުނދުން މައްޗަށް އުދައިލައިފައި ތެޔޮ އަޅައިފައި ކެކިގަތުމުން އައިސިން ބޭގަކަށް (ތަރި ނޮޒެލްއެއް ހުރި) ފުއްކޮޅު އަޅައިލާށެވެ. ތެޔޮ ތާހަކާ ދިމާކޮށްފައި ފިއްތައިފައި 2 އިންޗީގެ ދިގުމިނަށް އަޅައިފައި ބަޓަރ ވަޅިއަކުން ކަނޑައިލާށެވެ.
ތެލުލެވުނީމާ ނަގައިފައި ހޫނުކޮށް ހުއްޓައި ހަކުރު އަދި ފޮނިތޮށި ރަނގަޅަށް އުނގުޅައިލާށެވެ.