ދުނިޔެ

ޕާކިސްތާންގެ ގައުމީ ލަވައެއް ޖެހި އިންޑިއާގެ ދެ ޒުވާނަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޑަކުއްޖަކު ކިޔައިފައިވާ ، ޕާކިސްތާންގެ ގައުމީ ލަވައެއް ކަމަށްވާ "ޕާކިސްތާން ޒިންދާބާދު"ލަވަ ޖެހި އިންޑިއާގެ ބަރޭލީގެ ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

މި ލަވަ ޖަހައިފައި ވަނީ ފިހާރައެއްގައެވެ. ފިހާރައިގައި މަސައްކަތް ކުރާ ޒުވާން ސޭޓާއި އޭނާގެ ތިމާގެ ކުއްޖަކު ފިހާރައިގައި ހަރަކާތްތެރިވަމުން އެ ލަވަ ޖަހާ ވީޑިއޯ ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބައެއް މީހުން ވަނީ ސޭޓާ ކުރިމަތިލައި އެ ލަވަ ޖެހުން ހުއްޓައިލާން އަންގައިފައެވެ. އަދި އޭނާ އެކަން ނުހުއްޓުވުމުން ފުލުހަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. ފުލުހުން ރަޖިސްޓްރީ ކުރި މި މައްސަލައިގައި ދެ ޒުވާނުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެއެވެ. އެގޮތުން އަމާންކަން ނަގައިލާން މަސައްކަތް ކުރުމާއި ނެޝަނަލް އިންޓަގްރިޓީއާ ގުޅުން ހުރި މައްސަލަތަކުގެ ތުހުމަތު ޒުވާނުންގެ މައްޗަށް ކޮށްފައި ވެއެވެ.

ހައްޔަރުކުރި ސޭޓްގެ މަންމަ ބުނެފައި ވަނީ އޭނާގެ ދަރިފުޅު ގެންދިޔައީ ސްޕީކަރެއް މެދުވެރިކޮށް ފޯނުން ދީނީ މަދަހަ ޖަހަމުން ކަމަށެވެ. އަދި އެ ލަވަ އައީ އެ މަދަހަތައް ޖެހުމުގެ ތެރޭގައި އޭނާގެ ދަރިފުޅު އެކަންކަމާ މެދު އެހައި ހޭލުންތެރި ނުވާނެ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ދޫކޮށްލަން މަންމަ ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!