ދެން ރެސިޕީ | ބާބެކިޔު ޗިކަން

ބޭނުންވާ ތަކެތި:
4 ޖޯޑު ޗިކަން ސްޓޮކް
1 ކުކުޅު ބޮޑެތިކޮށް ކޮށްފައި
1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
1 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ވޯސްޓަރ ޝަޔަރ ސޯސް
2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
3 މޭޒު މަތީ ސަމުސާ ފިޔާޕޭސްޓް
1 ސައި ސަމުސާ މުގުރި މިރުސް
1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 މޭޒު މަތީ ސަމުސާ ވިނިގަރ
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ހުރިހާ ބާވަތް އެއްކޮށް ރަނގަޅަށް ގިރައިލާށެވެ . ކުކުޅުމަސްތަކުގައި ރަނގަޅަށް ހާކާފައި 20 މިނިޓް ވަންދެން ފްރިޖްގައި ބަހައްޓާށެވެ. ދެން ބާބެކިއު ގްރިލްއަކުން ނުވަތަ އަވަން ގައި ފިހެލާށެވެ.