ބައެއް ސަރަހައްދުތަކަށް މިއަދު 43 ޑިގްރީއަށް ހޫނުވި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ފިނި ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް)އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް އެންމެ ހޫނު ގަދަ މަސް ކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ ތެރޭގައި ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރާ ކަމަށް މެޓް އޮފީހުން ބުންޏެވެ. މި މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ވާނީ މެންދުރު ދޭއް ޖަހާއިރު ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުގެ ތަފާސް ހިސާބުން ދައްކާގޮތުން މިއަދު އެންމެ ހޫނުގަދަވީ ހުޅުލެއަށާއި ހދ. ހަނިމާދޫއަށެވެ. ހުޅުލޭގެ ފިނިހޫނުމިން ހުރީ 33.5 ޑިގްރީ ސެލްސިއަސްގައެވެ. ހަނިމާދޫގެ ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ.
މީގެ އިތުރުން ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގައެވެ.