ރެސިޕީ

ދެން ރެސިޕީ | ލާވާ ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

4 މެޒުމަތީ ސަމުސާ ބަޓަރު

Ads by Sosun Fihaara

150ގ ކުކިން ޗޮކުލެޓް

4/1 1 ޖޯޑު ހަކުރު މުގުރާލާފަ

2 ބިސް

3 ބިހުގެ ގޮބޮޅި

1 ސައިސަމުސާ ވެނީލާ އެސެންސް

2/1 ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް:

ބަޓަރު، އަދި ޗޮކުލެޓް ދިޔާ ކޮއްލާށެވެ. ދިޔާކޮށްލުމަށް ފަހު ހަކުރު އަޅާ ރަނގަޅަށް އެއްކޮލާށެވެ. އެއަށް ފަހު ބިހުގެ ގޮބޮޅި އަދި ވެނީލާ އެސެންސް އަޅައި، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ކުދި ދަގަނޑު މަފިން ކަޕުތަށް ނޮން-ސްޓިކް ސްޕުރޭއިން ސްޕުރޭ ކޮށްލުމަށް ފަހު ކަޕްތަކަށް އެޅުމަށް ފަހު 220 ޑިގްރީ ގައި 13 މިނެޓް ފިހެލާށެވެ.

ނޯޓް: ނޮން-ސްޓިކް ސްޕްރޭ ނެތް ނަމަ ބަޓަރު އުނގުޅާލުމަށް ފަހު ފުށްކޮޅެއް އުނގުޅާލެވިދާނެއެވެ. މަފިން ކަޕް ނުގެންގުޅޭ ނަމަ ޓުރޭވެސް ބޭނުން ކުރެވިދާނެއެވެ. ޓުރޭ ބޭނުން ކުރައްވާ ނަމަ އެންމެ ކުދި ސައިޒުގެ ޓުރޭ ބޭނުން ކުރައްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!