ރެސިޕީ

ދެން ރެސިޕީ | ނަޓެއްލާ ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

4 ބިސް

2ޖޯޑު ކިރު (ފުލްކްރީމް)

1 ސަމްސާވެނީލާ އެސެންސް

1 ފުޅި ނަޓެއްލާ

ހަކުރު

ސިނަމަން ޕްއުޑަރ

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ފުން ތައްޓަކަށް ބިސް، ކިރު އަދި އެސެންސް އެޅުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ. ދެން ފާން ފޮތިތަކުގައި ނަޓެއްލާ ހާކާލުމަށް ފަހު ރޯލެއްގޮތަށް އޮޅައިލާށެވެ. ދެން ތައްޔާރުކޮށްފައިވާ ކިރުގެ ތެރެއަށް ރޯލް ލުމަށްފަހު ފޯކޮށްފައި ޓްރޭގައި އަތުރާށެވެ. ހުރިހާ ޕާންފޮތިތައް ހުސްވަންދެން މިގޮތަށް ހެދުމަށް ފަހު ޓްރޭގައި އަތުރައި ނިމުމުން ބާކީ ހުރި ކިރުތައް ޓްރޭގައި އެތުރި ރޯލްމައްޗަށް އަޅައިލާށެވެ. އެއަށް ފަހު 2ގަޑި އިރުވަންދެން ފްރިޖްގައި ޓްރޭ ބަހައްޓާށެވެ. ދެން ފްރިޖުން ޓްރޭ ނެގުމަށް ފަހު 30-20 މިނެޓްވަންދެން އަވަނުން ފިހެލާށެވެ.

ހަކުރާއި ސިނަމަން ޕައުޑަރ އެއްކޮށްލާށެވެ. އެއަށް ފަހު ރޯލްސްތައް ނަގައި ހަކުރު އަދި ސިނަމަން މިކްސް ތެރެއަށްލުމަށް ފަހު ވަށައިގެން މި މިކްސް ބުރުވައިލާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!